Skip to content

ހުކުރު ދުވަހު ފިނޮޅު ސާފުކުރުމުގެ ޙަރަކާތެއް

ހުކުރު ދުވަހު ފިނޮޅު ސާފުކުރުމުގެ ޙަރަކާތެއް

ހުކުރު ދުވަހު ހެނދުނު 7:30 ގައި އިރުމަތީ ފިނޮޅު ސާފުކުރުމުގެ ޙަރަކާތުގައި ބައިވެރިވުމަށް ރަށުގެ ރައްޔިތުންނާއި، ގެސްޓްހައުސްތަކުގެ މުވައްޒަފުންނާއި، ޒިޔާރަތްކުރާ ފަރާތްތަކަށް ކައުންސިލުން ދަޢުވަތު ދެއެވެ. އަތްއުރަ، ދަބަސް އަދި ބޯފެން ޖެޓީގައި ފޯރުކޮށްދެވޭނެއެވެ.

ނަގާ ކުނި ރަށުގެ ކުނި މެނޭޖްކުރާ ސެންޓަރުގައި ވަކިވަކިކުރެވޭނެއެވެ. ބައިވެރިވާ ގެސްޓްހައުސްތަކުން ބުރާސްފަތި ދުވަހުގެ މެންދުރުގެ ކުރިން ކައުންސިލް އިދާރާގައި ޓީމު ރަޖިސްޓްރީކުރުމަށް އެދެމެވެ.

ހިއްސާކުރައްވާ